ތުޅާދޫ ސުކޫލްގެ ވެބްސައިޓަށް މަރުހަބާ
ތުޅާދު ސުކޫލްގެ ތައާރަފް

ތުޅާދޫ މަދަރުސާ މަދަރުސާއެއްގެ ގޮތުގައި ކިޔަވާދޭން ފަށާފައިވަނީ ހިޖްރައިން 1355 ވަނައަހަރުއެވެ . މަދަރުސާގެ ކިޔެވުން ފަށްޓަވާދެއްވީ އައްޝައިޚުލް މަރްހޫމް މުޙައްމަދު ސައީދުލް އަޒްހަރިއެވެ. މަދަރުސާގެ ބާނީ އަކީ ތުޅާދޫކަތީބު ދޮންއިސްމާއިލެވެ. އެންމެ ފުރަތަމަ މުދައްރިސަކީ ށ. ކަނޑިތީމު އަލްމަރްޚޫމް އިބްރާހީމް އަލި ކަލޭފާނު (ދޮންއިބްރާހިމް (ކަލޭފާނު
ތުޅާދުމަދަރުސާގެ ނަމުގައި ކިޔަވާދެމުން އައިސް މަކްތަބުލް ހިދާޔަތުގެ ނަމަށް ބަދަލުވީ 6 ފެބުރުއަރި 1967 ގައެވެ. މިނަމުގައި 10 އަހަރު ހިންގުމަށްފަހު ، ނަމަށްވަނީ ބަދަލުގެނެވިފައެވެ. އެއީ 16 ފެބުރުއަރީ 1977 ގައި ތުޅާދޫ ޕުރައިމަރީ ސުކޫލްގެނަމަށް ނަންބަދަލުކޮށް ކިޔަވާދެއްވަމުން ގެންދެވުނެވެ. މިނަމުގައި 22 އަހަރު ހިންގުމަށްފަހު ސަރުކާރުގެ ފަރާތުން 50 އަހަރު ފުރުނުކަމަށް 2 މެއި 1998ގައި ގަބޫލްކުރެއްވުމާއި ގުޅިގެން ސްކޫލްގެ ނަން ތުޅާދޫސްކޫލްގެނަމަށް ވަނީ ބަދަލްކުރެއްވިފައެވެ . މިހާރު ހިނގަމުންމިދަނީ މިނަމުގައެވެ
މެއި 1948ގައި ތުޅާދޫ މަދަރުސާގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ތުޅާދޫ ސްކޫލަކީ އަތޮޅުގައި އެންމެ ގިނަ ދުވަސްވީ ސްކޫލެވެ. ތަޢުލީމީ ޙަޔާތަށް ބަލާލާއިރު 1999 ވަނައަހަރު މި ސްކޫލްގައި ގްރޭޑް 8 އުފެދިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި 2001 ވަނައަހަރު ފުރަތަމަފަހަރަށް ޖީ ސީ އީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ޙާސިލްކުރިއެވެ. 2004 ވަނައަހަރު ގްރޭޑް 11 އުފެދި 2006 ވަނަ އަހަރު މިސްކޫލްގައި އަލަށް އޭލެވެލް އިމްތިޙާން ހެދުނެވެ. އަދި ވޭތުވެދިޔައަހަރު މި ސްކޫލަކީ ގްރޭޑް 1 ން 12 އަށް ކިޔަވައިދޭ ރާއްޖޭގެ ސްކޫލްތަކަށް ބަލާއިރު ތަޢުލީމީ ގޮތުން އެވަރޭޖް ސްކޫލެކެވެ